Vathubathaana

Loading Date...
...ރާއްޖޭގައި ހޭދަކުރާ ދުވަސްތައް

Share with your friends

ކުރިއަށް އޮތީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބެވެ. މިހާރުވެސް އެ އިންތިޚާބުގައި އެކި ޕާޓީތަކުން ވާދަކުރެއްވުމުގެ ފުރުސަތު ހޯއްދަވަން ޕާޓީތަކުގެ އެތެރޭގެ އިންތިޚާބުތަކުގައި ވާދަކުރައްވަން ބޭނުންފުޅުވާ ބޭފުޅުން ގެންދަވަނީ ފޯމުތައް ހުށަހަޅުއްވައި، ކެމްޕެއިން ކުރައްވައި، އެކި ވަސީލަތްތަކުގެ ޒަރީއާއިން ތާއީދު އިތުރުކުރެއްވުމަށް މަސައްކަތްކުރައްވަމުންނެވެ. މިފަދަ ދަނޑިވަޅެއްގައި މަޖިލީހާއި އެ މަޖިލީހުގެ މެންބަރުންގެ ދައުރާމެދު ފުންކޮށް ވިސްނައިލުމަކީ، އިންތިޚާބުގައި ރަނގަޅު ހަރުދަނާ ނިންމުންތަކެއް ނިންމުމަށް މުހިއްމު ކަމެކެވެ.

ސިޔާ .
މަޖިލީހުގެ އަސާސީ ނުވަތަ ޕްރައިމަރީ ދައުރަކީ ޤާނޫނު ހެދުމެވެ. ޤާނޫނު އަސާސީގެ 70 ވަނަ މާއްދާގެ (ހ)ގައި ބަޔާންކުރަނީ “ދިވެހިރާއްޖޭގައި ޤާނޫނު ހެދުމުގެ އެންމެހާ ބާރުތައް ލިބިގެންވަނީ ރައްޔިތުންގެ މަޖިލީހަށް ކަމަށެވެ. ޤާނޫނު އަސާސީގެ ރައްޔިތުންގެ މަޖިލީހާ ގުޅޭ މާއްދާތައް އެކުލެވޭ ބާބުގެ ސުރުޚީގައިވެސް އޮންނަނީ “ޤާނޫނު ހެދުމުގެ ބާރު” މިފަދައިންނެވެ. އެހެންކަމުން، މަޖިލީހުގެ އަސާސީ މަސައްކަތަކީ ޤާނޫނު ހެދުންކަން ސާފުކޮށް އެނގެއެވެ.
މަޖިލީހަށް ލިބިދޭ ޤާނޫނު ހެދުމުގެ ބާރުގެ ތެރޭގައި، ޤާނޫނު އަސާސީ އިސްލާހުކުރުމާއި، އިސްލާމީ ޝަރީއަތުގެ އަސްލަކާ ޚިލާފުނުވާނެ ގޮތުގެ މަތިން ފެންނަ ކޮންމެ ކަމަކާ ގުޅޭ ގޮތުން ޤާނޫނު ހެދުމުގެ ބާރު ހިމެނޭކަމަށް ޤާނޫނު އަސާސީގެ 70 ވަނަ މާއްދާގެ (ށ) 1 އަދި 2 ވަނަ ނަންބަރުގައި ބަޔާންކުރެއެވެ.

ޤާނޫނު ހެދުމާއި ޤާނޫނީ ވަކީލަކަށްވުން

ވަރަށް ގިނައިން އަޅުގަނޑުމެންގެ ތެރޭގައި ދެކެވޭ އެއް ވާހަކައަކީ ޤާނޫނު ހަދާ މަޖިލީހަށް ޤާނޫނީ ވަކީލުން އިންތިޚާބުކުރުމުގެ ބޭނުންތެރިކަމުގެ ވާހަކައެވެ. އިންޑިއާނާގެ އުއްތަމަ ފަނޑިޔާރު ރެންޑޯލް ޓީ. ޝެޕާޑް ލިޔުއްވާފައިވާ “Making good law requires more laywers” މި ކަރުދާހުގައި އޭނާ ތަކުރާރުކުރެއްވި ބަހުސަކީވެސް ޤާނޫނު ހެދުމުގެ މަރުހަލާގައި ޤާނޫނީ ވަކީލުންގެ ބައިވެރިވުން އޮތުމަކީ ހެދޭ ޤާނޫނުތަކުގެ ފޭރާން ހެޔޮވެ، އެ ޤާނޫނުތަކުގައި ފުށުއެރުންތައް މަދުވާ ކަމެއް ކަމަށެވެ.
Share with your friends

Leave a Reply

Your email address will not be published. Required fields are marked *