Vathubathaana

Loading Date...
...ރާއްޖޭގައި ހޭދަކުރާ ދުވަސްތައް

Share with your friends

“ކުޑަކުދިންނަށް އަޅައިލުމާ އޯގާތެރިވުން” މިސުރުޚީގެދަށުން މިއަދު ކިޔާފައިވާ ޚުޠުބާގައިވެއެވެ.  

ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ. 

“ﷲ އެކަލާނގެ އަޅުންގެތެރެއިން އަޅަކަށް ބަލަހައްޓާނެ ބައަކު ޙަވާލުކުރެއްވެވުމުން، އެބައަކަށް ނަޞޭޙތްދީ ނުބަލަހައްޓައިފިނަމަ ސުވަރުގޭގެ ވަސްވެސް ނުދައްކަވާނެތެވެ.”

ދަރިންނަކީ ބައްޕައިންނާއި ބަލަހައްޓަން ޙަވާލުކުރައްވަވާ ބައެކެވެ. އެހެންކަމަށްވާއިރު ދަރިން ދެއްވެވުވުމުން ނުބަލަހައްޓައި ދަރިން އުކާލާ ބައްޕައިން މިޙަދީޘްފުޅަށް ބިރުވެތިވާންޖެހެއެވެ. ދަރިން ލިބުމުން، ނުބަލަހައްޓައި ޚަރަދުނުކޮށް، ލޮލަށްވެސް ނުފެނި އުޅޭ ބައްޕައިން މިޙަދީޘްފުޅަށް ބިރުވެތިވާންޖެހެއެވެ. 

ހަމައެއާއިއެކު ޚަރަދުކުރުމަކުން އެކަނި ނުފުދެއެވެ. ނަޞޭޙަތްވެސް ދޭން އެބަޖެހެއެވެ. އެކަންކުރެވޭނީ ދަރިންނަށް ފެނިގެންނެވެ. އެކުދިންނާއިއެކު ވަޤުތުވެސް ހޭދަކޮށްގެންނެވެ. 

ވީމާ މިއީ ދަރިން ދެއްވެވުމުން އަޅާނުލައި ވާޖިބު އަދާނުކުރާ ކޮންމެ މީހަކުވެސް ވިސްނަންޖެހޭނެ ކަންކަމެވެ. ދަރިންނަށް ޚަރަދުނުދީ ކޯޓަށް ފިލައިގެން އުލެވިދާނެއެވެ. ދަރިންގެ ލޮލަށް ނުފެނި ދަރިންނަށް ފިލައިގެންވެސް އުލެވިދާނެއެވެ. ނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތަށް ޖަވާބުދާރީވާންޖެހުމަކުން ނުފިލޭނެއެވެ. 

މިޙަދީޘްފުޅުގެ މާނައިގައި ހިމެނިގެންދަނީ ހަމައެކަނި ބައްޕައިންނެއްވެސް ނޫނެވެ. ޤއަުމުގެ ވަލިޔުލްއަމްރުވެސް ހިމެނިގެންވެއެވެ. އަދި އެނޫން މަޤާމެއްގައި ނަމަވެސް ރައްޔިތުންގެ ނުވަތަ ރައްޔިތުންގެ ތެރެއިން ބައެއްގެ ބެލެނިވެރިކަން ޙަވާލުކުރައްވަވައިފި ކޮންމެ މީހަކުވެސް ހިމެނިގެންވެއެވެ. 

ވީމާ ވެރިކަމަކީ ހަމައެކަނި ޝަރަފެއްކަމަށާއި އެއީ ސަރުކާރުގެ އިދާރާތައް ހިންގުން ކަމަށް ދެކެގެން ސަލާމަތެއް ނުވެވޭނެއެވެ. އެންމެ ބޮޑު ވާޖިބަކަށްވާންޖެހޭނީ ރައްޔިތުންގެ ކަންކަން ބެލެހެއްޓުމެވެ. އެމީހުންގެ ބޭނުންތައް ފުއްދައިދީ ނަޞޭޙަތްދިނުމެވެ. ޚާއްޞަކޮށް ރައްޔިތުންނަކީ އިސްލާމް ދީނުގައި ޘާބިތުވެ ތިބޭ ބައަކަށް ހެދުމަށް މަސައްކަތްކުރުމެވެ. 

– މިއީ މިޙަދީޘްފުޅާއި ގުޅިގެން މިއަދުނޫހުން ސުވާލުކުރުމުން އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ދެއްވި މަޢުލޫމާތުގެ މައްޗަށް ލިޔެފައިވާ ލިޔުމެކެވެ. އިސްލާމީ މަރުކަޒުގައި މިއަދު އިމާމްވެ ހުކުރުކުރެއްވީ އެމަނިކުފާނެވެ.

ސިޔާ .

Leave a Reply

Your email address will not be published. Required fields are marked *