ރޭ ތުރުކީގެ އިސްތަންބޫލުގައި ކުޅުނު ފައިނަލް މެޗް ސިޓީއިން ކާމިޔާބުކޮށްފައި ވަނީ 0-1ގެ ނަތީޖާއަކުންނެވެ. މިކާމިޔާބީޔާއެކު އެއް ސީޒަނެއްގައި ތިން ތަށި ހޯދި ޓީމެއްގެ ގޮތުގައި ސިޓީން ވަނީ ތާރީހުގެ ތެރެއަށް ވަދެފައެވެ.
ރޭގެ މެޗް ފަށައިގެން ދެޓީމުގެ ފަރާތުން ވެސް ފެނިގެން ދިޔައީ ސަޕޯޓަރުން ބަލާހިތްވާ ކަހަލަ މޮޅު ކުޅުމެކެވެ. ނަމަވެސް މެޗްގެ ފުރަތަމަ ހާފް ނިންމާލަން ޖެހުނީ ދެޓީމުން ކުރެ ޓީމަކަށް ވެސް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.
އެހެން ނަމަވެސް ދެވަނަ ހާފު ފަށައިގެން މެޗުގެ 68 ވަނަ މިނެޓުގައި ސިޓީން ވަނީ ރޭގެ މެޗްގައި ފެނިގެން ދިޔަ ހަމަ އެކަނި ގޯލް ކާމިޔާބުކޮށްފައެވެ. މި ގޯލަކީ އިންޓަރގެ ޕެނަލްޓީ އޭރިޔާ ރޮނގު މަތިން ސީދާ ގޯލަށް ފޮނުވާލައިގެން ރޮޑްރީ ކާމިޔާބު ކޮށްދިން ލަނޑެކެވެ.
މި ލަނޑާއެކު އިންޓަރ ވަނީ އެޓީީމުގެ ކުޅުން ރަނގަޅުކޮށް ނުރައްކާތެރި ހަމަލާތަކެއް ސިޓީގެ ގޯލަށް ފޮނޮވާލާފައެވެ.
މި މޮޅާއެކު 1999 ވަނަ އަހަރު މެންޗެސްޓަރ ޔުނައިޓެޑުން ފުރަތަމަ ފަހަރަށް ހެދި ރެކޯޑު އޭގެ 24 އަހަރު ފަހުން ސިޓީއިން މިވަނީ މުގުރާލާފައެވެ.
އެގޮތުން މެންޗެސްޓާ ސިޓީ ވެގެން ގޮސްފައި މިވަނީ އެފްއޭ ކަޕާއި، ޕްރިމިޔަރ ލީގުގެ އިތުރުން ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމުގެ މި ރެކޯޑު ހެދި ދެވަނަ އިނގިރޭސި ކުލަބަށެވެ.

އެންމެފަސް
-
ފަންސަވީސް ރުފިޔާއަށް އަގު ބޮޑުކޮށް މަސްވެރިން ގުއި ރޯނުގައި ޖައްސައިގެން ވޯޓު ހޯދަން މަސައްކަތްކުރީ އިބޫ ޞާލިޙު21 Feb 2024 ހަބަރު
-
މީގެ ކުރިން އެއްވެސް ސަރުކާރަކުން ކޮށްފައި ނުވާ ވަރަށް އިބޫ ޞާލިޙު ސަރުކާރުގައި ވައްކަން ގިނަ20 Feb 2024 ހަބަރު
-
ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތައް ނެގުމަށްޓަކައި އިންޑިއާއިން މަސައްކަތްކުރަނީ ކީތްވެ؟20 Feb 2024 ހަބަރު
-
ސަރުކާރުގެ އަގު ވައްޓާލުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތައް ހުއްޓާލާ20 Feb 2024 ހަބަރު